16 Dec 2018, 20:00
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި ބޭފުޅަކު އައްޔަން ކުރައްވައި މިނިސްޓަރުގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި، މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލްއަޢުޒަމުގެ އިމާމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ، ހދ. ކުޅުދުއްފުށި، ސަބުނަމީގެ، އައްޝައިޚް އިބްރާހީމް ރަޝީދު ހަސަންއެވެ.
ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އައްޑޫ ސިޓީ ފޭދޫ، ޕިންކްހައުސް، ޝިޔާމާ މުޙައްމަދެވެ.