16 Dec 2018, 12:01
މާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އެ ކުއްޖާއަށް އަނިޔާވެއްޖެއެވެ.
ސަން ފްރޮންޓް ލައިޓިން ކައިރީގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން އެ ކުއްޖާގެ ބޮލަށް ވެއްޓުނީ ހުސްވާން ކައިރިވެފައި ހުރި ސިމެންތި ބަސްތާއެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" ކުޑަ ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާއެއް 10:45ގައި ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބަސްތާ ވެއްޓުނީ ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށް ކަމަށާއި އެކުއްޖާއަށް މިހާރު ފަރުވާ ދެމުން ގެންދާ ކަމަށެވެ.
އަދި އެކުއްޖާގެ ހާލު ސީރިއަސްކަމެއް ނުވަތަ ނޫންކަމެއް އަދި ސާފުނުވާކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.
އެ ބަސްތާ ވެއްޓުނީ އިމާރާތުގެ ކިތައް ވަނަ ބުރިން ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެއެވެ.

ބަސްތާ ވެއްޓުނު ކަމަށް ބުނާ އިމާރާތް--- ފޮޓޯ: ކިޔުންތެރިއެއް
އެ ކުއްޖާއަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދެމުންނެވެ.