ވިކާޝް މާނީ ޕްރޮޑިއުސްކުރާ ފިލްމު "ސެޓާސް" އަންނަ އަހަރުގެ މާޗު މަހުގެ އެއް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އެ ފިލްމުގެ ޝޫޓިން މިހާރު ދަނީ ކުރިޔަށެވެ. މަންޒަރުތައް ނަގައި ނިމޭނެ ދުވަހެއް އެ ފިލްމުގެ ޓީމުން އަދި ހާމައެއް ނުކުރެ އެވެ.

އަޝްވިނީ ޗައުދަރީ ޑައިރެކްޓްކުރާ "ސެޓާސް"ގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަފްތާބް ޝިވްދަސާނީ، ސޮނާލީ ސޭގަލް، ޕަވަން މަލްއުތުރާ، ޝްރެޔަސް ތަލްޕަޅޭ، ވިޖޭ ރާޖް އަދި އިޝިތާ ދައްތާ އެވެ.

އަޝްވިނީ އަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ފަރާތެކެވެ. "ޖޯޅީ ބްރޭކާޒް" އާއި "ދޫޕް" އަކީ އޭނާގެ ބައެއް ފިލްމުތަކެވެ.