16 Dec 2018, 11:38
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ތިން މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފި އެވެ.
ރައީސް ސޯލިހް ސްޓޭޓް މިނިސްޓަރުން މިރޭ އައްޔަންކޮށްފައި ވަނީ ހޯމް މިނިސްޓްރީއަށާއި ފިނޭސް މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ.
އެގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރީއަކަށް އައްޔަން ކޮށްފައި ވަނީ އަދާލަތު ޕާޓީގެ މީޑީއާ ކޮމިޓީގެ ޗެއާ، ފުވައްމުލަކު ސިޓީ، ދިގުވާނޑު، ނޫރުވާދީ، ޢަލީ ނަޒީރެވެ.
ހޯމް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވަމުން ދަނީ އެ ޕާޓީގެ ރައީސް ޝޭހް އިމްރާން އެވެ.
އޭގެ އިތުރުން ރައީސް ސޯލިހް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައި ވަނީ އަދާލަތު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ގ. އަލިޝާ، އަޙްމަދު ޝަރީފާއި، ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް މ. އުނިމާ އަޙްމަދު ޢާދިލް އެވެ.