މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ފަސްވަނަ ދައުރަށް މެމްބަރުން އިންތިހާބުކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރަކު ހިމެނޭގޮތަށް ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ.

އެހެން ނަމަވެސް މިއަދު އިންތިހާބުކޮށްފައިވަނީ މީޑިއާތަކުން އިންތިހާބުކުރާ އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރެކެވެ. އެއީ މީޑިއާތަކުން އިންތިހާބުކުރާ މެމްބަރުންގެ ތެރެއިން ދައުރު ހަމަނުވާ އެއް މެމްބަރަކު ހުރުމުންނެވެ.

ހޯމް މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ އިންތިހާބުގައި މީޑިއާއިން އިންތިހާބުކުރާ ހަތް ގޮނޑިއާށް 12 ފަރާތަކުން ކުރިމަތިލި އިރު، އާންމުންގެ ތެރެއިން އިންތިހާބުކުރާ ހަތް ގޮނޑިއަށް 14 ފަރާތަކުން ކުރިމަތިލިއެވެ.

މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިގެން ކައުންސިލަށް ހޮވުނީ ސަން މީޑިއާ ގްރޫޕުގެ ފަރާތުން ކައުންސިލަށް ކުރިމަތިލި ސަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު އަހްމަދު އާޒިފްއެވެ. އާޒިފް ކައުންސިލަށް އިންތިހާބުވީ 89 ވޯޓާއެކުގައެވެ.

މީޑިއާތަކުން ހޮވުނު މެމްބަރުން:

  1. އަހްމަދު އާޒިފް (ސަން އޮންލައިން) 89 ވޯޓު
  2. ޝިފްޒާ މުސްތަފާ (ވީޓީވީ) 86 ވޯޓު
  3. އަހްމަދު ޖަދުވާން (ޕީއެސްއެމް) 85 ވޯޓު
  4. އަޒްމީ އަލީ (މިދުވަސް އޮންލައިން) 82 ވޯޓު
  5. ހިދާޔަތުﷲ (ހަފްތާ) 80 ވޯޓު
  6. އަލީ އަހްސަން (ދި އިސްލާމް) 73 ވޯޓު
  7. އަލީ ރިފްޝާން (ފެންވަރު އޮންލައިން) 70 ވޯޓު

އާންމުންގެ ތެރެއިން ހޮވުނު މެމްބަރުން:

  1. އަބްދުއްލަތީފް އަހްމަދު (ދަފްތަރު ނަންބަރު 2345 މާލެ) 79 ވޯޓު
  2. ހިސާން ހަސަން (މ. ރާޅުވެލި، މާލެ) 73 ވޯޓު
  3. އަހްމަދު އަމީން މުހައްމަދު (ރިހިދޯދި، ގދ. ފިޔޯރީ) 72 ވޯޓު
  4. ފާތިމަތު ސައުޒަން ހުސައިން (ދަފްތަރު ނަމްބަރު 8840) 70 ވޯޓު
  5. އާތިފް އަބްދުލްހަކީމް (ދަފްތަރު ނަމްބަރު 9940 މާލެ) 67 ވޯޓު
  6. ރިފާޢަތު ރަޝީދު (ވާދީއާގެ، ގއ. ވިލިނގިލި) 64 ވޯޓު
  7. ޝީރީން ނާހިދާ ލަތީފް (ގ. ނޫމަރާވިލާ، މާލެ) 60 ވޯޓު