15 Dec 2018, 18:18
ސަރުކާރުން އުފައްދާފައިވާ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް ނޭހުނީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން މަޖިލީހަށް ހާޒިރު ނުވުމުންކަމަށް އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތުހުމަތު ކުރައްވައިފިއެވެ.
ދެ ކޮމިޝަނަށް ބާރުދޭ ބިލުގެ އިތުރުން އެހެން ދެ ބިލަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހިފައި ނުވަނީ ގާނޫނީ އަދަދު ހަމަނުވެގެން ކަމަށް މަޖިލީހުގެ ރައީސް ގާސީމް އިބްރާހިމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވީ ޖަލްސާގައި އެވަގުތު ހާޒިރުވެ ތިއްބެވީ ރިޔާސަތުވެސް ހިމެނޭގޮތަށް 39 މެމްބަރުން ކަމަށެވެ. ނަމަވެސް ޖަލްސާގައި ވޯޓަށް އެހެން އޮތް ކަންކަމައިގެން ކުރިއަށް ދެވޭނީ 43 މެމްބަރުން ތިއްބަވައިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
Majilis Ah Haazir nuvaa MPs.
1 Wadde
2 Amith
3 Ali Hussain
4 Gaaree
5 Shaikh Nizar
6 Azhan fahmy
7 Saud
8 Rukuma
9 Imthi
Miadhu majilis ah haaziru vee 39 MPs. Majority othumuge beynumeh neh.— Mohamed Musthafa (@Thimarafushi)December 15, 2018
މަޖިލީހުގައި ހާޒިރުވެ ތިބި ބައެއް މެންބަރުންގެ ފޮޓޯއާއެކު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވައްކަން ބަލާ ވާހަކަ ދެއްކިއަސް ނުފުދޭ ކަމަށާއި ވައްކަން ބަލަން ވޯޓު ނަގާއިރު މެންބަރުން ފުރައިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިއަދު ވޯޓު މި ނުނެގުނީ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން ވެސް ނެތިގެން. ވޯޓަށް ނައުން ބަލައެއް ނުގަންނާނަން،" ރޮޒައިނާ ކުރެއްވީ ޓްވީޓްގައި ވެއެވެ.
Vakkan balaa vaahaka dhekkiyas nufudhey. Vakkan balan vote nagan balaa iru membarun furaigen gos thibumakee balaiganeveyne kameh noon. Miadhu vote mi nunegunee JPG ge membarunves nethigen. Vote ah naun balaeh nugannan.pic.twitter.com/dIBZsRoByR
— ???????? ???????????????????????????? ???????????????? ???? (@Roxeyna)December 15, 2018
މަރުތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ދެ ކޮމިޝަނަށް ބާރުތަކެއް ދިނުމަށް ސަރުކާރުން ހުށަހެޅި ރިޔާސީ ކޮމިޝަންތަކުގެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތަށް ފާސްކުރުމަށް އެޖެންޑާ ކުރިއެވެ. އެ ބިލަށް ކޮމިޓީ މަރުހަލާގައި ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ.
ނަމަވެސް މި ބިލު މަޖިލީހަށް ހުށަހެޅީއްސުރެ ޕީޕީއެމްގެ މެމްބަރުން ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެގޮތުން އެ ބިލަކީ ކުރީގެ ސަރުކާރަށް އަމާޒުކޮށް ފާސްކުރާ ބިލެއް ކަމަށާއި، އަދި އެ ބިލު ގާނޫނު އަސާސީއާ ޚިލާފުކަމަށް ބުނަމުން ގެންދެއެވެ.