15 Dec 2018, 11:54
ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ބޮލީވުޑްގެ ހިތްގައިމު ޖޯޑު، ރަންވީރު ސިންގް އަދި ދީޕިކާ ޕަދުކޯން ކައިވެނިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އިޓަލީގަ އެވެ. އެއީ މި އަހަރު ކުރެވިގެންދިޔަ ބޮލީވުޑްގެ އެންމެ ހިތްގައިމު އެއް ކައިވެންޏެވެ. ދެމީހުންގެ ކައިވެންޏަށް އަދި މިވީ އެންމެ މަހެކެވެ. ނަމަވެސް މިހާރު ވެސް ދެމީހުން ކުއްޖަކު ހޯދަން އިރެއް ބެލުމަށް މީހުން ތިބީ ކެތްމަދުވެފަ އެވެ. އަދި އެ ސުވާލު ވެސް އަންނަނީ ރަންވީރު އަދި ދީޕިކާ އާއި ކުރިމަތި ކުރުވަމުންނެވެ. ސުވާލުގެ ޖަވާބުގައި ރަންވީރު ބުނީ ކުއްޖަކު ހޯދާނީ ދީޕިކާ ކުއްޖަކު ހޯދަން ބޭނުންވެ އެކަމަށް ތައްޔާރު ވުމުން ކަމަށެވެ. ރަންވީރަށް ވުރެ ދީޕިކާ ޒިންމާދާރުވެފައި ހަރުދަނާ ކަމަށާއި އެކަހަލަ ބޮޑެތި ނިންމުންތައް ނިންމަން އެންމެ ރަނގަޅު މީހަކީ ދީޕިކާ ކަމަށެވެ. ރަންވީރު ބުނީ ދީޕިކާ އަކީ އޭނާ ދުށް އެންމެ ރީތި، އަދި އެންމެ ހުނަރުވެރި އަންހެނާ ކަމަށާއި އޭނާގެ އަނތްބަކަށް ދީޕިކާ ވުމަކީ ލިބިގެން ދިޔަ ބޮޑު ޝަރަފެއް ކަމަށެވެ.