މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދަށް ވުރެ މި އަހަރު ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ހަތް ޕަސެންޓު އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ނޮވެމްބަރު މަހު އެކަނި 125،601 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަަތް ކޮށްފައިވާ ޓޫރިސޓުންގެ އަދަދަކީ 1333456 އެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ސަރަހައްދުތައް:

  1. ޔޫރަޕުގެ ގައުމުތައް:643655 ފަތުރުވެރިން (48.3 ޕަސެންޓު)
  2. އޭޝިއާ ޕެސެފިކް:567891 ފަތުރުވެރިން (42.5 ޕަސެންޓް)
  3. އެމެރިކާ ސަރަހައްދު:61044 ފަތުރުވެރިން (4.6 ޕަސެންޓް)
  4. މެދު އިރުމަތި:47597 ފަތުރުވެރިން (3.6 ޕަސެންޓު)
  5. އެފްރިކާގެ ގައުމުތައް:12993 ފަތުރުވެރިން (1 ޕަސެންޓު)

ފަތުރުވެރިން އެންމެ ގިނައިން ޒިޔާާރަތް ކުރި 10 ގައުމު:

  • ޗައިނާ (20 ޕަސެންޓު)
  • ޖަރުމަނު (8 ޕަސެންޓު)
  • އިނގިރޭސިވިލާތް (7.8 ޕަސެންޓު)
  • އިޓަލީ (6.6 ޕަސެންޓު)
  • އިންޑިއާ (5.7 ޕަސެންޓު)
  • ރަޝިއާ (4.3 ޕަސެންޓު)
  • ފްރާންސް (3.3 ޕަސެންޓު)
  • އެމެރިކާ (2.8 ޕަސެންޓު)
  • އޮސްޓްރޭލިއާ (2.6 ޕަސެންޓު)
  • ޖަޕާނު (2.8 ޕަސެންޓު)

އެ ގައުމުތަކުގެ ތެރެއިން ޗައިނާ ފިޔަވައި އެހެން ހުރިހާ ގައުމުތަކުން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް 44345 އެނދު ހުންނަ އިރު އޭގެ ތެރެއިން އެވަރެޖުކޮށް 41715 އެނދު އޮޕަރޭޓު ކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަ ކޮށްފައިވާ ވަގުތު 10.4 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.