ބުޝަން ޕަޓޭލް ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "އަމާވަސް"ގެ ފުރަތަމަ ވީޑިއޯ ލަވަ "ޖަބް ސެ މެރާ ދިލް" ބެލުންތެރިންނަށް ދައްކާލައިފި އެވެ.

މީގެ ފަސްވަރަކަށް ދުވަސް ކުރިން އެ ލަވަ ޔޫޓިއުބްގައި އާންމުކުރުމާ އެކު ބެލުންތެރިންގެ ރަނގަޅު ތަރުހީބެއް ވެސް ލަވަ އަށް އަންނަނީ ލިބެމުންނެވެ.

މިހާތަނަށް އައިއިރު އެ ލަވަ އަށް ވަނީ 2.4 މިލިއަނަށް ވުރެ ގިނަ ވިއުސް ވެސް ލިބިފަ އެވެ. އެ ލަވަ ކިޔާފައިވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލު ދެ ލަވަ ކިޔުންތެރިން ކަމަށްވާ އަރްމާން މާލިކާއި ޕަލަކް މުއްޗަލް އެވެ.

"ޖަބް ސެ މެރާ ދިލް" ލަވަ....

"އަމާވަސް"ގެ ލީޑު ރޯލުން ފެންނާނީ "އާއި "މޭ ތޭރާ ހީރޯ" އާއި "އަޒުހަރު" ފަދަ ފިލްމުތައް ކުޅެފައިވާ ނަރްގިސް ފަހްރީ އެވެ. އޭނާ އާއެކު ބަތަލްގެ ރޯލުން ފެންނާނީ ސަޗިން ޖޯޝީ އެވެ.

އެ ފިލްމު ސްކްރީނަށް ގެންނަން ނިންމާފައިވަނީ އަންނަ މަހުގެ އެގާރަ ވަނަ ދުވަހު އެވެ.