ސޯމިކް ސެން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު "ޗީޓް އިންޑިއާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

މި މަހުގެ އެގާރަވަނަ ދުވަހު އެ ފިލްމުގެ ޓްރެއިލާ ޔޫޓިއުބުގައި އާންމުކޮށްފައިވާއިރު އެ ޓްރެއިލާއަށް އަންނަނީ ރަނގަޅު ތަރުހީބެއްވެސް ލިބެމުންނެވެ. މިހާތަނަށް އައިއިރު 9.2 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ އެ ޓްރެއިލާއަށް ލިބިފައެވެ.

"ޗީޓް އިންޑިއާ" ގެ ޓްރެއިލާ....

"ޗީޓް އިންޑިއާ"ގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި ދޯހަޅި ކަންތައްތަކުގެ މައްޗަށެވެ.

ފިލްމުގެ ލީޑު ރޯލުން ފެންނާނީ އިމްރާން ހާޝިމީއެވެ. އޭނާއާއެކު ބަތަލާއެއްގެ ގޮތުގައި ފިލްމުން ފެންނާނީ ޝްރެޔާ ދަންވަންތަރީއެވެ.

"ޗީޓް އިންޑިއާ" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.