13 Dec 2018, 17:37
ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ ކުރީގެ ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި، ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާން ހުންނަވަނިކޮށް ވަޒީފާ އިން ވަކިކުރި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އަދި ކުރީގެ އެސްއޯ ފުލުހެއް ކަމަށްވާ އިންސްޕެންޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް (ޑީޑީ) އަށް ވަޒީފާ ދިނުމަށް ސިވިލްކޯޓުން އަމުރުކޮށްފި އެވެ.
އޭނާގެ އަހުލާގީ މައްސަލައެެެއް ބެލުމަށް ފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ފުލުހުންގެ ވަޒީފާ އިން ވަކިކުރި އިރު އޭނާ ހުރީ ޗުއްޓީގަ އެވެ.
ރިޔާޒް ފުލުހުންގެ ވަޒީފާ އިން ވަކިކުރި އިރު އޭނާ ވަނީ ކްރައިމް އިންވެސްޓިގޭޝަންކޮމާންޑުން ކޮމިޝަނަރު ބިއުރޯއަށް ވެސް ބަދަލުކޮށްފަ އެވެ.
ފުލުހުންގެ ވަޒީފާއިން ވަކިކުރުމުން، އަލުން ވަޒީފާދޭން ހުކުމްކުރި އިރު ހުންނެވީ ތައުލީމު ހާސިލްކުރެއްވުމަށް އޮސްޓްރޭލިއާގަ އެވެ. އޭނަ ވަަޒީފާ އިން ވަކިކުރީ ސަރުކާރު ބަދުނާމު ކުރުމަށް ސޯޝަލް މީޑިއާގައި ވާހަކަދައްކާތީ ކަމަށް ބުނެ އެވެ.
ެ. އޭނާ ވަނީ ގއ. ގެމަނަފުށީ ޕޮލިސްޓޭޝަނަށް ވެސް ބަދަލުކޮށްފަ އެވެ.
އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް އެކުލަވާލެއްވި ޓީމުގައި އެސްއޯގެ ކޮމާންޑަރެއްގެ ގޮތުން ހަމަޖައްސާފައި ވަނީ ޑީޑީ އެވެ.