މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޮޑު ޖެނެރޭޓަރަކަށް ދިމާވި މައްސަލައެއް ހައްލުކުރަމުންދާތީ، މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ)އިން ނެރުނު ބަޔާނެއްގައި ބުނީ ބޮޑު ޖެނެރޭޓަރަކަށް މައްސަލައެއް ދިމާވި ކަމަށާއި، މިހާރު ދަނީ އެ މައްސަލަ ހައްލުކުރަމުން ކަމަށެވެ.

އަދި އެ މަސައްކަތް ކުރަމުންދާ އިރު މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެހެންކަމުން އާންމު ރައްޔިތުން ކަރަންޓު ބޭނުންކުރުމުގައި ވީހާވެސް އިގްތިސާދުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރިއެވެ.

ސްޓެލްކޯއިން ކަރަންޓު ފޯރުކޮށްދިނުމުގައި ބޭނުންކުރާ ބޮޑު ޖެނެރޭޓަރަކަށް މައްސަލައެއް ޖެހިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފައިވާ އިރު، މިއަދު ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނެވެ.