13 Dec 2018, 10:54
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އަރިހަށް އދ.ގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް މިރޮސްލޭވް ޖެންކާ ޒިޔާރަތް ކުރައްވައިފި އެވެ.
އެ ދެބޭފުޅުން ބައްދަލު ކުރައްވާފައި ވަނީ އިއްޔެ ހަވީރު ޕީޕިއެމްގެ އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އިއްޔެގެ ބައްދަލުވުމަށް މިރޮސްލޭވް ޖެންކާ އާ އެކު ރާއްޖޭގައި ހުންނަވާ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޯކޯ ނޯޑާ ވެސް ވަޑައިގެންނެވި އެވެ.
އޭގެ އިތުރުން، ޕީޕީއެމްގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ބައިވެރިވެވަޑައިގެންނެވި އެވެ.