13 Dec 2018, 09:58
އިންޑިއާގެ މަޝްހޫރު ޓީވީ ހޯސްޓް އަދި ކޮމީޑިއަން ކަޕިލް ޝަރްމާއާއި އޭނާގެ ލޯބިވެރިޔާ ގިނީ ޗަތުރަތު ކައިވެނި ކޮށްފިއެވެ.
އެދެމީހުންގެ ކައިވެނި ކޮށްފައިވަނީ އިއްޔެ އަމްރިތުސަރުގެ ޖަލަންދަރުގައެވެ. ކަޕިލް އާއި ގިނީގެ ކައިވެނީގެ ހަފްލާ ވަނީ ޔޫޓިއުބް މެދުވެރިކޮށް ވަގުތުން ދައްކާފައެވެ.
ކަޕިލް ކައިވެރިކުރުމުން ރަހުމަތްތެރިންނާއި ގިނަ ފަންނާނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އެ ކައިވެނީގެ ބައެއް ފޮޓޯ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި އާންމުވަމުންނެވެ.
ކަޕިލް އާއި ގިނީގެ ކައިވެނީގެ އުފަލުގައި ބާއްވާ ރިސެޕްޝަން ޕާޓީއެއް މާދަމާ މުމްބާއީ ގައި އޮންނާނެއެވެ. އެ ޕާޓީގައި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ބައިވެރި ވާނެ ކަމަށް ހަބަރުތައް ލިބެއެވެ.
އެދެމީހުންގެ ކައިވެނި ކުރެވުނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވީފަހުންނެވެ. ކަޕިލް އާއި ގިނީ ރަސްމީކޮށް އެންގޭޖްވީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.