ދިވެހި ބަހުގެ އެކެޑެމީގެ ބެލެނިވެރި ފަރާތަކަށް ހެރިޓޭޖު މިނިސްޓްރީ ހަމަޖައްސައި، ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

ސަަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ހުށަހެޅުއްވި މި އިސްލާހު ފާސްވީ 60 މެންބަރުންގެ ވޯޓާއެކުއެވެ.

މީގެ ކުރިން ދިވެހި ބަހުގެ ގާނޫނުގައި ބުނެފައިވަނީ އެކެޑެމީގެ ބެލެނިވެރި ފަރާތަކީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށެވެ.

މަޖިލީހުން ގެނައި އިސްލާހުގައި ވަނީ ދިވެހި ބަހުގެ އެކެޑެމީ އިން ޖަވާބުދާރީވާން ޖެހޭނީ އެ އިރެއްގައި ގައުމީ ބަހާއި ތަރިކަ އާއި ސަގާފަތާ ގުޅޭ ކަންކަމާ ހަވާލުވެ ހުންނަވާ މިނިސްޓަރަކަށް ކަމަށެވެ.