12 Dec 2018, 14:33
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދަތުރުފުޅެއްފައި ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށްޓަށް ފުރާވަޑައިގެންފި އެވެ.
އެމަނިކުފާނު ފުރާވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ ގެމަނަފުށީގަ އެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ.