01 Oct 2011, 14:28
އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި އެ ޕާޓީގެ ނާއިބު ރައީސް އަލްހާން ފަހުމީ އިނގިރޭސި ވިލާތަށް އިއްޔެ ފުރާވަޑައިގެންފި އެވެ.
އެމްޑީޕީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މާދަމައިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ލަންޑަނުގައި އޮންނަ ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ކޮންފަރެންސްގައި އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކޮންޒަވޭޓިވް ޕާޓީގެ އަހަރީ ކޮންފަރެންސްގައި މީގެކުރިން ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އިބުރާހިމް ހުސެއިން ޒަކީ ހިމެނިވަޑައިގަންނަވަ އެވެ.