ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް މަސްތޫރު ހުސްނީ އައްޔަނު ކުރައްވައިފިއެވެ.

އަލްއުސްތާޒު މަސްތޫރު ހުސްނީ އެމަގާމަށް އައްޔަނު ކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޤާނޫނު ނަންބަރު 2008/10 ގެ ތިން ވަނަ މާއްދާގެ އަށް ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

މަސްތޫރު ހުސްނީ އަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ރައީސް ވަނީ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނު ކުރެއްިވކަމުގެ ލިޔުން މަސްތޫރު ހުސްނީއާ ހަވާލުކުރައްވައިފައެވެ.