ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ އިންޓަނެޓުގެ ހިދުމަތް ހއ. ހޯރަފުށި އަދި ހދ. ހަނިމާދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ހޯރަފުއްޓައި ހަނިމާދުއަށް ފޯރުކޮށްދޭންފެށި ހައި ސްޕީޑު އިންޓަނެޓާއެކު ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

ދިރާގުން ދަނީ ފައިބަރ އިންޓަނެޓުގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ ހަތްދިހަ ޕަސެންޓަށް ވަނީ ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފައިއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އިތުރު 51 ރަށަކަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދެއެވެ.

ދިރާގުން ވަނީ މިދިޔަ ނޮވެމްބަރު މަހު ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެއަށް ތިން މަސް ވަންދެން، ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ދެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގުން ދަނީ އެއް ޓީބީގެ އެލަވެންސާއެކު 100 އެމްބީޕީއެސްގެ ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.