12 Dec 2018, 08:50
ވާވޭ އަކީ މިހާރު ސްމާޓް ފޯނުގެ ދުނިޔޭގެ "ކިންގަށް" ވުމަށްއެންމެ ބޮޑަށް މަސައްކަތްކުރާ ކުންފުންޏެވެ. އެކުންފުނިން ދާދިފަހުން ވަނީ ސްމާޓުފޯނެއްގައި ހިމެނުމަށް މިހާރު ހުރި ހުރިހާ ޓެކްނޮލަޖީއެއްހެން ހިމަނައިގެން ވާވޭއިން ވަނީ ދާދިފަހުން ފޯނެއް ނެރެފައެވެ. އެކުންފުނީގެ ހުރިހާ ފްލެގްޝިޕް ފޯނެއްގައިވެސް ވަރުގަދަ ފީޗާސްތައް ހިމަނައެވެ.
މިފަހަރުވެސް މިއޮތީ ވާވޭގެ އާ ފޯނެއްގެ ވާހަކައެވެ. ވާވޭ ނޯވާ4 މިމަހުގެ 17ގައި ރިލީޒްކުރަން ނިންމައި އެކަން ވަނީ އިއުލާނުކޮށްފައެވެ. މި ފޯނަކީ ފްރަންޓް ކެމެރާގެ އިތުރުން ބެކް ކެމެރާގެ ތިން ލެންސާއެކު ނެރޭ ފޯނެކެވެ. މި ގފޯނުގެ މެއިން ކެމެރާއަކީ 48 އެމްޕީގެ ކެމެރާއެކެވެ.
މި ފޯނުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ވަރުގަދަ ފީޗާސްތަކެއް ހުންނާނެ ކަމަށް ބެލެވެއެވެ. ފޯނާ ގުޅޭ މާ ގިނަ ވަހަކަތަކެއް އަދި އާންމު ނުވިނަަމަވެސް މިއީ ވާވޭގެ ވަރުގަދަ ފޯނުތަކާ އެއްސަފެއްގައި ވާދަކުރާނެ ފޯނެއް ކަމަށް ބެލެވެއެވެ. ފޯނުގެ ޑިޒައިން ވައްތަރީ ވާވޭ ޕީ20 ޕްރޯ އަކާއެވެ.
ކުރިއަށް ހުރި ދުވަސްތަކުގައި ނޯވާ4 އާ ގުޅޭ އިތުރު ވާހަކަތައް އާންމު ކުރާނެ ކަމަށް ބެލެވެއެވެ.