މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ބުރަހްމަސްތުރާ"ގެ ޝޫޓިން ނިންމާލައިފިއެވެ.

އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރެވެ. "ބުރަހްމަސްތުރާ" ވާނީ އެ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

ފިލްމުގެ ޝޫޓިން ނިންމާލިކަން ހާމަކޮށް އާލިއާ ވަނީ އޭނާގެ އިންސްޓާގްރާމްގައި ޕޯސްޓެއްވެސް ކޮށްފައެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތަކެއް ބަލްގޭރިއާގައި ވެސް ވަނީ ނަގާފައެވެ.

އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން، ނާގުރްޖުނާ އަކިނޭނީ އަދި ޓީވީ ބަތަލާ މޯނީ ރޯއި ފަދަ ތަރިންނެވެ.

ވަރުގަދަ ކާސްޓަކާއެކު ހަދާފައިވާ ފެންޓަސީ، އެޑްވެންވާ ފިލްމު "ބުރައްމަސްތުރާ" ސިނަމާތަކަށް އަންނާނީ އަންނަަ އަހަރުގެ ފަހުކޮޅުއެވެ.