ޔޫތް ޑިވެލޮޕްމަންޓް (ވައިޑީޕީ) ޕްރޮގްރާމް ހިނގުމަށާއި ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ކްރިކެޓް މުބާރާތައް އަހުލުވެރިކުރުމުގެ ގޮތުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ތަމްރީނުކުރި 23 ކޯޗަކަށް ސެޓްފިކެޓް ދީފިއެވެ.

ކޯސް ފުރިހަމަ ކުރި ކޯޗުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަޙުމަދު ހަސަން ދީދީ އެވެ.

ކްރިކެޓް ބޯޑުން ފުވައްމުލަކުގައި ހިންގި ލެވެލް ޒީރޯ ކޯޗިން ކޯހުގައި ބައިވެރިވި 31 ބައިވެރިންގެ ތެރެއިން ފާސްވެ، ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 23 ބައިވެރިންނެވެ.