11 Dec 2018, 11:14
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ދެ ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރުންގެ ނައިބުކަމަށް ޢައްޔަން ކުރައްވާފައި ވަނީ، އެޑިއުކޭޝަންގެ ނައިބުގެ މަގާމަށް ގއ. ވިލިނގިލި، އަލަދަޑިއާގެ ޝަރުމާ ނަޞީރާއި އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް ގދ. ތިނަދޫ، ގީނާ އަޙްމަދުﷲ ޖަމީލު ކަމަށެވެ.
މިހާތަނަށް 26 ސްޓޭޓް މިނިސްޓަރަކާއި 10 ނާއިބުން ވަނީ އައްޔަންކުރައްވައިފަ އެވެ.