މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދާ ހަތް ޕަސެންޓު އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓު ކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މުދާ އިންޕޯޓުކޮށްފައިވަނީ ޔޫއޭއީ އިން ކަމަށާއި އެއީ ޖުމްލަ އިމްޕޯޓުގެ 17 ޕަސެންޓު ކަމަށް އެ ތަފާސްހިސާބުތައް ދައްކައެވެ.

ޔޫއޭއީ އަށްފަހު ދެން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާ އިންނެވެ. އެއީ ޖުމްލަ އިމްޕޯޓުގެ 14 ޕަސެންޓެވެ. އަޔަލެންޑުން ވަނީ 11 ޕަސެންޓު މުދާ އެތެރެކޮށްފައެވެ.

ކަސްޓަމްސް އިން ބުނީ އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު 2.23 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިިދިޔަ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 261 މިލިއަން ރުފިޔާ ލިބުނު ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 406.8 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރިއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މުދާ އެކްޕޯޓުކޮށްފައިވަނީ ޖަރުމަނު ވިލާތަށް ކަމަށާއި އެއީ އެކްސްޕޯޓުގެ 10.3 ޕަސެންޓު ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.