10 Dec 2018, 15:52
ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ފަސް ބިލެއް ބަލައިގަނެ ދިރާސާ ކުރަން ކޮމިޓީތަކަށް ފޮނުފައިވިއެވެ.
މަޖިލީހަށް ހަތަރު ބިލުވެސް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އެމްޑީޕީގެ މެމްބަރުންނެވެ. އެގޮތުން ޓުއަރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުއެވެ.
އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގާނޫނަށް ބަދަލު ގެނައުމަށެވެ. އެ އިސްލާހު މަޖިލީހަށް ބަލައި ގަންނަން ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓުންނެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު އެވެ. އެއީ އެ އިސްލާހު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވަނީ 45 މެމްބަރުންގެ ވޯޓާއެކުއެވެ.
މިއަދު މަޖިލީހަށް ބަލައިގަތް އަނެއް ބިލަކީ ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް ހުށަހެޅުނު އިސްލާހެވެ. އެ ބިލު މަޖީލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީއެވެ. އެ އިސްލާހު ހުށަހެޅުއްވީ ބަހާ ބެހޭ ކަންކަމުގައި ޖަވާބުދާރީ ވާނީ އެޑިއުކޭޝަން މިނިސްޓަރުކަމަށް ގާނޫނުގައި ލިޔެފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.
ބިލަށް އިސްލާހު ހުށަހެޅި އިރު ލިޔެފައިވަނީ ގައުމީ ބަހާއި ތަރިކައާއި ސަގާފަތާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ ނަގާނީ އެއިރެއްގައި ހަވާލު ކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރު ކަމަށެވެ. އެ އިސްލާހު މަޖިލީހަށް ބަލައި ގަންނަން ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓާއެކުއެވެ.
އޭގެ އިތުރުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށްވެސް މިއަދު ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. އެ އިސްލާހު ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމެވެ.
އެ ގާނޫނަށް އިސްލާހު ހުށަހެޅީ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށެވެ. އެ އިސްލާހު ބަލައި ގަންނަން މަޖިލީހުން ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓާއެކުއެވެ.
ކުންފުނިތަކާ ބެހޭ ގާނޫނަށްވެސް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. އެ އިސްލާހު ހުށަހެޅުއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ. ކުންފުނިތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ހުށަހެޅީ ވިޔަފާރިވެރިނަށް ހައްލެއް ހޯދައި ދިނުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.
އެ އިސްލާހު މަޖިލީހަށް ބަލައި ގަންނަން ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓުންނެވެ.