10 Dec 2018, 12:58
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީ އިން ބުނީ އަލަށް އުފެއްދި މައްޗަށްގޯޅި މެދު ދާއިރާއަށް ވާދަ ކުރަން ރައީސް ނަޝީދު ފޯމް ހުށަހެޅުއްވީ މިއަދު ހެނދުނު އެވެ.
މިވަގުތު ތިމާވެއްޓާބެހޭ ސަމިޓަށް ރާއްޖެ ތަމްސީލު ކުރައްވަން ޕޮލެންޑްގައި ހުންނެވި ރައީސް ނަޝީދުގެ ފަރާތްޕުޅުން ފޯމް ހުށަހެޅުއްވީ އެމަނިކުފާނުގެ އަރިސް ބޭފުޅެއްކަމަށްވާ އިބްރާހިމް އަހްމަދު (މާލިމީ އިބްރާހިމް) އެވެ.
Rayyithunge Majlis 2019
MDP Primary ge Machangolhi Medhu Dhaairaa ah vaadha kurevvumah Raees@MohamedNasheedge form@MDPSecretariatah husha’alhuvvaifipic.twitter.com/9dkdhWbMxB— MDP Secretariat (@MDPSecretariat)December 10, 2018
ރައީސް ނަޝީދުގެ ފަރާތްޕުޅުން މިއަދު ފޯމް ހުށަހެޅުއްވި އިރު، އެމަނިކުފާނު ވަނީ މިދިޔަ އަންގާރަ ދުވަހު އެ ދާއިރާއަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އިއުލާން ކުރައްވައި ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފަ އެވެ.
ނަޝީދާ އެކު އެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައި ވާނީ އެމްޑީޕީގެ މެންބަރު އާއިޝަތު އަލައިކާ އަދުނާނެވެ.
ނަޝީދު ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ. އެއީ 1999 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ނަޝީދު ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް ވެލާނާ ގެއިން ލިޔުންތަކެއް ވަގަށް ނެގި މައްސަލައެއް ސާބިތުވެ 2001 ވަނަ އަހަރު އެ ގޮނޑި ގެއްލުނެވެ.