10 Dec 2018, 10:13
އަށް ގައުމަކަށް ސަފީރުން އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވާފައި ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަފީރުން އައްޔަން ކުރުމަށް ރައީސް ސޯލިހު މަޖިލީހަށް ނަންފުޅުތައް ފޮނުއްވީ މިދިއަ ހަފްތާގަ އެވެ. ސަފީރުން އައްޔަނުކުރަން ރައީސް ސޯލިހު ނިންމެވި ގައުމުތަކަކީ ބެލްޖިއަމް، އިންޑިއާ، ސްރީލަންކާ، އެމެރިކާ، އިނގިރޭސިވިލާތް، ސިންގަޕޫރު މެލޭޝިއާ އަދި ޖަރުމަނު ވިލާތެވެ.
ސަފީރުންނަށް އައްޔަން ކުރަން ފޮނުވި ނަންތައް
- ބެލްޖިއަމްއާއި އީޔޫގެ ސަފީރުކަމަށް ހަސަން ސޯބިރު، ގ. ފިޔާތޮށިގެ
- އިންޑިއާގެ ސަފީރުކަމަށް އާއިޝަތު މުހައްމަދު ދީދީ، ހ. ދޫރިހާ
- ސިންގަޕޫރުގެ ސަފީރު ކަމަށް ޑޮކްޓަރ އަބްދުﷲ މައުސޫމް، ދަފްތަރު ނަންބަރު 4336
- ޖަރުމަނު ސަފީރުކަމަށް އަޙްމަދު ލަތީފް، ހ. ސީވީޑް
- އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޑރ. ފަރަހަނާޒް ފައިސަލް، ހ. އަމީނީގެ
- އެމެރިކާއާއި އދގެ ސަފީރުކަމަށް ތިލްމީޒާ ހުސައިން، މ. ނޫހިރި
- މެލޭޝިޔާގެ ސަފީރުކަމަށް ވިސާމް އަލީ، ހ. އާޒާދެވާދީ
- ސްރީލަންކާގެ ސަފީރުކަމަށް އުމަރު އަބްދުލްރައްޒާގު، ހ. ހިކިފިނިފެންމާގެ
ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަނުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.