09 Dec 2018, 11:09
ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ޑައިރެކްޓަރު މިލިޕް މިލަން ޒަވޭރީ އާ ފިލްމު "މަރްޖާވާން"ގެ ޝޫޓިން ފަށައިފިއެވެ.
އެ ފިލްމުގެ ޝޫޓިން ފެށިގެން ކުރިޔަށް ދާއިރު ފިލްމު ބެލުންތެރިންނާ ހަމަޔަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.
ފިލްމުގެ ޝޫޓިން ފެށީ ބޮލީވުޑްގެ މަގުބޫލުތަރިން ތަކަކާއެކުއެވެ. އެ ފިލްމުން ފެންނާނީ ސިދާތު މަލްއުތްރާ، ރަކުލް ޕްރީތް، ރިތޭޝް ދޭޝްމުކް އަދި ތާރާ ސުތާރިއާ ފަދަ ތަރިންނެވެ.
"މަރްޖާވާން" އަކީ މިލަފް މިއަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސަތުޔަމޭވް ޖަޔަތޭ" އަށް ފަހު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.