08 Dec 2018, 23:49
ރާޅާއެޅުންތެރިންނަށް ދިމާވެފައިވާ މައްސަލަތައް ބެލުމުގެ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރާޅުގަނޑަށް ވަޑައިގެން ރާޅާއަޅުއްވައިފިއެވެ.
މަހުލޫފު މިރޭ "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ރާޅާ އެޅުންތެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދަގަނޑުތައް ހުރުމާއި އަދި އެ ކުޅިވަރުގައި އުޅޭ މީހުންނަށް އޮފީހެއްހާ ހިސާބެއްވެސް ނެތް ކަމަށެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ ރާޅާއެޅުން ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ސްޕޯޓްސް ޓުއަރިޒަމް ތައާރަފްކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްވެސް ކުރައްވާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
It was a pleasure to have met local surfers at Raalhugandu today & enjoyed bodyboarding with them. We are committed to support our local talents and create champions in watersports for our country in the future. ????????@MSAsurfing@MBBAmv@kuda_ayyapic.twitter.com/usxm0ZbqCR
— Ahmed Mahloof (@AhmedMahloof)December 8, 2018
މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިމަގުގައި މޮޅެތި ރާޅާ އެޅުންތެރިން އުފެއްދުމަށް ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށެވެ.
ސިނަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން ރާޅުގަނޑު ސަރަހައްދު އޮތީ ވަރަށް ފަހަކާ ޖެހެންދެން ރާޅާއެޅުން މަނާކޮށްފައެވެ. ނަމަވެސް ރާޅާއެޅުމަށް އެހެން ރަށެއް ސަރުކާރުން އޭރު އޮތީ ހަމަޖައްސައިދީފައެވެ.
ބުރިޖުގެ މަސައްކަތް ނިމުމުން އިތައް ހުޅުވާލި ނަމަވެސް އެ ސަރަހައްދުގައި އަދިވެސް ދަގަނޑުތައް ހުރުމާ ގުޅިގެން ރާޅާއެޅުންތެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.