08 Dec 2018, 19:03
މިދިޔަ ބުދަ ދުވަހު މާލެއަށް ބޯކޮށް ވިއްސާރަކޮށް ފެންބޮޑުވި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން 1.2 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެފިއެވެ.
ޑިޒާސްޓާ މެނޭޖްމަންޓުން މިއަދު ބޭއްވު ނިއުސްކޮންފަރެންސްއެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން 214 ތަނަކަށްގޮސް އެތަންތަނުގެ އެސެސްމަންޓް ހެދި ކަމަށެވެ.
" 214 ތަނުގެ ތެރެއިން 731 ތަނަކަށް އެސެސްމަންޓްތައް ހަދަން ޓީމްތައް ފޮނުވައި، ޑެމޭޖް އެސެސްމަންޓްތައް ނިންމައި، މިކޮޅަށް ވާނީ ގެނެސްފައި ދެން އޭގެ ތެރެއިން ބާކީ ހުރި އެކިއެކި ތަންތަނަކީ އެކި ސަބަބުތަކާހުރެ މީހުން ނެތިގެން ނޫނީ ވަޒީފާގައި އުޅޭތީ އެތަންތަނަށް ނުވަދެވިގެން އެސެސްމަންޓްތައް ނުހެދިފައިވާ ތަންތަން. އެ ތަންތަނަށް އެބޭފުޅުން އުޅޭ ގަޑިއެއްގަ އަޅުގަނޑުމެން ގޮސް އަލުން އެސެސްމަންޓްތައް ހަދާނަން." ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ ވިއްސާރަވެ ގެއްލުން ލިބުނު 214 ގޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބުނި ހަވަރަކަށް ގެއަށް ކަމަށެެވެ. އަދި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއިން އެ ސެންޓަރަށް ފޯރުކޮށްދިން ބައެއް އެހީގެ ތެކެތި އެ ގެތަކަށް ފޯރުކޮށްދީފަިއވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހު މާލެއަށް ބޯކޮށް ވިއްސާރަވެހުމާ ގުޅިގެން ލިބުނު ގެއްލުންތަކާ ގުޅިގެން ދިރާގާއި ޔުނިވާސަލް ފަދަ އަމިއްލަ ކުންފުނިތަކުންވެސް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.