01 Oct 2011, 10:35
ހއ. އިހަވަންދޫ ސްކޫލްގެ ދެ ދަރިވަރަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި، އެ ސްކޫލްގެ ސްޕަވައިޒަރު އާދަމް މޫސާ 11 ދުވަހަހަށް ފަހު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށައެޅުމުން ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައި ނުވާތީ ކަމަށެވެ.
"މިމައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމުން އިތުރު މަޢުލުމާތު ދެވޭކަށް ނެތް،" ޝިޔާމް ވިދާޅުވި އެވެ.
އާދަމް މޫސާ ސްކޫލްގެ ދެ ދަރިވަރަކާ އެކު ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
ގުރޭޑް 12 އާ ހަމައަށް ކިޔަވައިދޭ އިހަވަންދޫ ސްކޫލްގެ ސުޕަވައިޒަރު އާދަމް މޫސާ އަކީ ޕްރައިމަރީ ގްރޭޑް ކްލާސްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެކެވެ.