08 Dec 2018, 13:56
ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއުއަށް ގެނެސް، އެކި ސަރަހައްދުތަކުގައި ރައްކާތެރިނޫން ގޮތުގައި ބަހައްޓާފައި ހުރި ތާރު ފީފާތައް ނެގުމަށް އެންވަރަމެންޓް ޕުރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަންގައިފި އެވެ.
އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް މިއަދު ސަން އަށް ވިދާޅުވީ ކުޅުދުއްފުށީ އަމީނީމަގު ހިސާބު ތާރުމަތީ ބަހައްޓާފައި ހުރި ފީފާތަކެއް ފަޅައިގެން ގޮސް ލީކުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތާރު ފިފާތައް ހުރީ ހަލާކުވެފައިވާ ކަމަށެވެ.
"ތާރު އެޅި ފަރާތްތަކަށް ވާނީ ތާރު ނެގުމަށް އަންގާފައި. އެތަން ސާފުކުރުމަށް އަންގާފައި. އެމީހުން ބުނި މިއަދު ނަގާނަމޭ. މިކަމުގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން،"
އެ ރަށުގެ އަމީނީމަގުގައި ތާރުއެޅުމަށް ފަހު ފެންބޮޑުވާ މައްސަލަ ވެސް ވަނީ ކުރިން ފެންމަތިވެފަ އެވެ.
ކުޅުދުއްފުށި މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށް އެމްއާރްޑީސީއަށް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. އެ މަސައްކަތް އެމްއާރްޑީސީއަށް ހަވާލުކޮށްފައި ވަނީ 54 މިލިއަން ރުފިޔާ އަށެވެ.