އަވައްޓެރި ސްރީލަންކާ އިން 231 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންގެ ބޮޑު ޝިޕްމަންޓެއް ކަމަށެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި މިއީ ލަންކާއިން މިހާތަނަށް އެއްފަހަރާ އަތުލައިގަނެވުނު ހެރޮއިންގެ ދެވަނައަށް އެންމެ ބޮޑު ޝިޕްމަންޓެވެ.

މި ތަކެތީގެ އަގު 2،778 މިލިއަން ރުޕީސްއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުން 1.5 މިލިއަން ސްރިލަންކަން ރުޕީސް ފެނިފައިވާ ކަމަށެވެ.