ބޮލީވުޑްގެ ކުރީ ސަފުގައި ހިމެނޭ ބަތަލާ މާދުރީ ޑިކްސިޓް އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޯކް ސަބާގެ އިންތިހާބުގައި ވާދަކުރަން ނިންމައިފިއެވެ.

ބޭރުގެ ޚަބަރުތައް ބުނާގޮތުގައި އެ އިންތިހާބުގައި މާދުރީ ވާދަކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި ޕޫނޭގެ ގޮނޑިއަށް ވާދަ ކުރަން ޝޯޓްލިސްޓްކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި މާދުރީ ހިމެނޭކަމަށެވެ.

މާދުރީ އެ އިންތިހާބުގައި ވާދަކުރާނެކަން މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އޭނާ މިކަމާ މެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އޭނާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ޕީރިއަޑް ޑްރާމާ "ކަލަންކް"ގެ މަސައްކަތެވެ. މި ފިލްމުގައި މާދުރީގެ އިތުރުން ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެ އެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން އަދި ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެއެވެ.

އެ ފިލްމު ރިލީޒްކުރާނީ އޭޕްރިލް މަހުގެ 19ގައެވެ.