07 Dec 2018, 23:35
ކިޔުބާގައި ފުރަތަމަ ފަހަރަށް 3ޖީ އިންޓަނެޓުގެ ހިދުމަތް ފަށައިފިއެވެ.
ކިޔުބާގެ ގައުމީ ޓެލެކޮމިއުނިކޭޝަން ކުންފުނިން ބުނީ 3ޖީ އިންޓަނެޓު ސަޕޯޓުކުރާ މޯބައިލް ފޯނު ގެންގުޅޭ ހުރިހާ އެންމެންނަށް މިހާރު 3ޖީ އިންޓަނެޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގައުމުގައި 600 އެމްބީގެ އިންޓަނެޓް ޕެކޭޖެއް އުޅެނީ އަށް ޑޮލަރަށެވެ. 4 ޖީބީގެ ޕެކޭޖެއްގެ އަގަކީ 35 ޑޮލަރަށެވެ.
މިއީ ހަފްތާ އަކު އެވްރެޖުކޮށް 20 ޑޮލަރު އާމްދަނީ އަށް ލިބޭ ގައުމަކާ އަޅާބަލާއިރު ބޮޑު އަގެއްކަމަށް ގިނަބަޔަކު ބުނެއެވެ.
މިހާތަނަށް ކިޔުބާގައި އިންޓެނެޓު ބޭނުންކޮށް އުޅުނީ އެގައުމުގެ އާންމު ތަންތަނުގައި ގާއިމްކޮށްފައިވާ ވައިފައި ސްޕޮޓުތަކުންނާއި ޓެލެފޯނު އައިންތަކުން ގެއަށްލާފައިވާ ކަނެކްޝަންތަކުންނެވެ.
އެގައުމުގެ ޑޮކްޓަރުންނާއި ނޫސްވެރިން އަދި ސަރުކާރު އޮފިޝަލުންނަށް ހާއްސަ އިންޓަނެޓުގެ ހިދުމަތް ލިބެއެވެ.
އެގައުމުގެ ސަރުކާރުން ދަނީ ރައްޔިތުންނަށް ފަސޭހަކަމާއެކު އިންޓަނެޓު ބޭނުންކުރެވޭނެ ގޮތްތައް ތައާރަފު ކުރަން ރާވަމުންނެވެ.