06 Dec 2018, 16:09
ފުލުހުންނަށް ބޯހިޔާވަހިކަން ދޭން ހިންގާ "ބްލޫސް ހައުސިން ސްކީމް"ގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓް އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ބައްލަވައިލައްވައިފި އެވެ.
ފްލެޓް އިމާރާތުގެ މަސައްކަތް މިނިސްޓަރު މިއަދު ބައްލަވައިލެއްވި އިރު މިނިސްޓަރުގެ އަރިހުގައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
އެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފައްޓައި ކޮންސްޓްރަކްޝަންގެ މަސައްކަތާ ހަމަ އަށް ނިންމާފައިވާ މަސައްކަތެކެވެ.
"ބްލޫސް ހައުސިން ސްކީމް"ގެ ދަށުގައި ފްލެޓްތައް އިމާރާތްކުރަން ފެށީ 2014 ވަނަ އަހަރުގަ އެވެ. އެ ސްކީމްގެ ދަށުން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ބައެއް ފުލުހުން ވަނީ މީގެ ކުރިން ފްލެޓަށް ޑައުންޕޭމަންޓްވެސް ދައްކާފަ އެވެ.
Blues Housing Scheme ge dhashun Hulhumale gai imaaraaiy kuramundhaa fuluhunge flat thah Home Minister@ShimranAbballavaifipic.twitter.com/8uUkKsAyYZ
— Maldives Police (@PoliceMv)December 6, 2018
މި އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ފުލުހުންގެ ފްލެޓްތަކަށް ކުރިއަށް އޮތް އެއް އަހަރުތެރޭ ވަދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީނުގެ ސަރުކާރުން އިއުލާނުކުރި ހިޔާ މަޝްރޫއުގެ ދަށުން ފުލުހުންނަށް ވަނީ 300 ފްލެޓް ހާއްސަކޮށްފަ އެވެ.