06 Dec 2018, 15:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު (ދިއްދޫ ސަމީރު) އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އެ އޮފީހުގެ މިނިސްޓަރުކަމަށް މިއަދު މާފަންނު ފީރޯޒްވިލާ އަހްމަދު ސަމީރު ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ކުރިން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ސަމީރު މާގަމަށް އައްޔަން ކުރައްވައި ރައީސް ވަނީ މިއަދު އޭނާ އަށް މިނިސްޓަރު ކަމުގެ ފަތްކޮޅު އަރުއްވާފައެވެ.