މިނިމަމް ވޭޖް ބޯޑެއް އެކުލަވާލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފި އެވެ.

މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބޯޑު ވާނީ މިނިމަމްވޭޖު ކަނޑައެޅުމުގެ މަސައްކަތުގައި މިނިސްޓަރަށް ލަފާ އަރުވާ ބޯޑަކަށް ކަމަށެވެ.

މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަމިންވަރު ނުވަތަ މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ. އަދި އެކަމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލު ކުރަން ނިންމާފައިވާ ކަމެ އްވެސް މެއެވެ.