06 Dec 2018, 12:01
ވޮޝިންގްޓަން ( 06 ޑިސެމްބަރު): ޔުކްރޭންގެ މައްސަލައިގައި ރަޝިއާއާއި އެމެރިކާގެ މަސްރަހު ހޫނު ވެފައި ވަނިކޮށް އެމެރިކާއިން ރަޝިއާގެ ވުލަޑިވޮސްޓޮކް ސަރަހައްދުގައި އޮންނަ ޕެސިފިކް ފްލީޓް ސަރަހައްދަށް ގައިޑެޑް މިސައިލް ޑިސްޓްރޯޔާގެ މަނަވަރެއް ފޮނުވައިފިއެވެ.
ރަޝިއާގެ ބްލެކްސީ ސަރަހައްދަށްވެސް އެމެރިކާގެ މަނަވަރެއް މިހާރު ވަނީ މިސްރާބް ޖަހައިފައެވެ.
ފެސިފިކް ފްލީޓްގެ ތަރުޖަމާނު ވިދާޅުވީ ރަޝިއާގެ އިރުމަތީ ސަރަހައްދަށް ކަނޑުގެ އުޅަނދެއް ފޮނުވީ ރަޝިއާއިން އެ ސަރަހައްދުގެ އިތުރު ހިސާބުތަކެއްގެ މިލްކުވެރިކަމަށް ދައުވާކުރާ މައްސަލައާ ގުޅިގެން ކަމަށެވެ. އަދި އެ ސަރަހައްދުގެ މިނިވަންކަން ނަގަހައްޓައި އުޅަނދުތަކަށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމް ގާއިމްކުރުމަކީ އެމެރިކާގެ މަސްއޫލިއްޔަތެއް ކަމަށްވެސް އޭނާ ވަނީ ސިފަކުރައްވައިފައެވެ.
The US sailed the guided missile destroyer USS McCampbell Wednesday "in the vicinity of Peter the Great Bay to challenge Russia's excessive maritime claims" in the Sea of Japan, according to the US Navyhttps://t.co/GXNa6NwGSB
— Ryan Browne (@rabrowne75)December 5, 2018
"ފްރީޑަމް އޮފް ނެވިގޭޝަން އޮޕަރޭޝަންގެ ނަމުގައި ކުރިއަށް ގެންދާ އެ އޮޕަރޭޝަން އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 1987 ވަނަ އަހަރުއެވެ. އެއީ ފިނި ހަނގުރާމަ އެންމެ ހޫނުވީ ދުވަސްވަރުވެސް މެއެވެ.
ޔޫއެން ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ ގެ ދަށުން ޖަޕާންގެ ކަނޑުގެ ސަރަހައްދެއް، ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް އެމެރިކާއިން އެކަން ގަބޫލެއް ނުކުރެއެވެ.
ރަޝިއާއާ ޔުކްރޭންއާ ދެމެދު މައްސަލަ ގޯސްވީ ދާދި ފަހުން ރަޝިއާގެ ބްލެކްސީ ސަރަހައްދަށް ޔުކްރޭންގެ ބޯޓުތަކަށް ވަނުމުންނެވެ. އެ ހާދިސާގައި އެ ބޯޓުތައް ހިފަހައްޓައި ބޯޓުުގެ 24 ފަޅުވެރިއަކު ރަޝިއާއިން ހިފެހެއްޓިއެވެ.
- އާރުޓީ