30 Sep 2011, 22:03
ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދަށް ރާޅާ އަޅަން ގޮސް އުޅުނު އެމެރިކާގެ ރައްޔިތަކު އޮޔާދަނިކޮށް، ލޯންޗަކުން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ އިޔާން 26، ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިރޭ އިރާކޮޅު 19:50 އެހާކަންހާއިރު ކަމަށެވެ. އަދި އޭނާ ހޯދަމުން ދަނިކޮށް މާލޭ ހުޅަނގު ފަރާތު ޓީޖެޓީ ސަރަހައްދު ބޭރުން ދުއްވާފައިދިޔަ “ފިއުޝަން” ކިޔާ ލޯންޗަކަށް ފެނިގެން އޭނާ ސަލާމަށްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.