Last Updated: 7 year 12 month ago

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވެރިރަށް މާލެއާއި އަތޮޅުތެރޭގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.

ފެންގަނޑު ތަކުގައި ކަރަންޓުގެ އަސަރު ހުރިކަމަށް ރިޕޯޓު އެބަ ލިބޭ
ފެން ހިންދުމުގެ މަސައްކަތް އަދިވެސް ހުޓުމެއްނެތި މިދަނީ ކުރަމުން

އެމްއެންޑީއެފްގެ އެހިތެރިކަމާއެކު ޕީއެސްއެމްގެ ޓީވީއެމް އިމާރަތުގައި ފެން ހިންދުމުގެ މަސައްކަތް މިދަނީ ކުރަމުން. ޓްރާންސިޝަން މެދު ކަނޑާނުލާ ކުރިއަށް ދެވޭނެ ކަމުގެ އުންމީދު އާވެއްޖެ
ވިއްސާރައާ ގުޅިގެން ޑިފެންސް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މާލޭގެ 14 ސަރަހައްދެއްގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށް.
މިއަދު ފަހަކުން މިރޭ 11 އަށް ވ. އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައި
އެއްވެސް ކުޑަކުއްޖަކު އަދި ބޮޑުމީހަކު ޒަރޫރީ ބޭނުމަކަށް މެނުވީ މިވަގުތު ބޭރަށް ނިކުމެ ނޫޅުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު އިލްތިމާސް ކުރައްވައިފި.
City council all damaged too. Ehves kudakuhjaku bodu meehaku komehen beynunvaa zaroori beynumahkah menuvi mivaguthu beyrugaa nukume noolhumah ilthimas kuran@MaleCitymv@Mihaarunews .pic.twitter.com/tyN8z8rwCU
— Shifa Mohammed???? (@etna295)December 5, 2018
ސިނަމާލެ ބްރިޖާއި ރިންގް ރޯޑުގައި ސައިކަލު ދުއްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި.
މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށްވެސް އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރޭ.
ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަޤީންކުރުމަށް ފުލުހުން އިލްތިމާސްކުރޭ.

ބޯކޮށް ވާރޭވެހި މާލޭމަގުތަކުގައި ފެންބޮޑުވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ވިއްސާރަ ދުވަސްވަރު މަގުތައް ބޭނުންކުރުމުގައި ދުއްވާމީހުންނާއި ހިނގާ މީހުން އިތުރަށް ސަމާލުވުމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އިލްތިމާސް ކުރައްވައިފި، ޕާކު ކުރުމުގައި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ނަހުލާ ވަނީ ނަސޭހަތްތެރިވެ ލައްވާފައި.

ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާ މިޔަދު މީޑީޔާއަށް ދެއްވި ޕުރެސް -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް
ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަމްޕު ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދަމީ ކުރަމުން. އެގޮތުން ވެސްޓްޕާކު ކައިރި އާއި މާފަންނު ވިލީ ފުލުސް ސަރަހައްދު، ދިރާގު ހެޑް އޮފީސް ކައިރި، ތާޖުއްދީން ސްކޫލު ފުރަގަސް، މައްޗަންގޮޅި ސްޓޭޑިއަމް އާ ދިމާ ބޮޑުވަޅު، ޣިޔާސުއްދީން ސްކޫލު ކައިރި، އިސްކަންދަރު ކޮށި ކައިރި، ޓީވީއެމް ހިންގާ އިމާރާތް އަދި ކުޑަކުދިންގެ ބަގީޗާ އާއި ދަރުބާރުގެއާ ދެމެދު އޮންނަ މަގުން ފެންހިއްކަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނޭ.

ބޯކޮށް ވާރޭވެހި މާލޭމަގުތަކުގައި ފެންބޮޑުވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
މާލޭގެ މަގުތަކުގައި ފެންބޮޑުވެ ބައެއް ވެހިކަލްތައް އޮޔާދާތީ ފުލުހުން ވަނީ، އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި.
ގޭގެއަށާއި ފިހާރަތަކަށް ފެން ވަންނާތީ ފުލުހުންނާއި ސިފައިން އަދި އާންމުން ގުޅިގެން ވެލިބަސްތާ ޖަހަން ވަނީ ފަށާފައި.

ވިއްސާރައާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ނިއުސް ބްރީފިންއެއް ދެއްވާގޮތަށް ވަނީ ހަމަޖެހިފައި.
މާލެއަށް މިއަދު މިހާތަނަށް 140 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓުން ބުނޭ.