ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓަލި ރާއްޖޭގެ ފުރަތަމަ ރިސޯޓަކަށް "ލަކްސް" ވެއްޖެ އެވެ.

އެ ރިސޯޓުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް ޕްރޮފެޝަނަލްސް އާ ގުޅިގެން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު މަދުކުރުމަށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތް ފަށައިފަ އެވެ.

އެ ރިސޯޓުގެ ސީއެސްއާރުގެ ދަށުން ފެށި މި ޕްރޮގްރާމާ އެކު އެއްފަހަރު ބޭނުންކޮށްފައި އުލާކާ ޕްލާސްޓިކް ހޮޅިއާއި ކޮތަޅު އަދި ފުޅި ފަދަ ތަކެތި ރިސޯޓުގައި ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

ލަކްސް އިން ވަނީ ސޯލާ ހައިބްރިޑް ޕަވާ ސްޓޭޝަނެއް ގާއިމްކޮށްފަ އެވެ. އަންނަ އަހަރުގެ ނިޔަލަށް ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން އެއްކޮށް ހުއްޓާލުމަށް އެ ރިސޯޓުން ވަނީ އަމާޒު ހިފައިފަ އެވެ.

އޭޓީޕީ އިން ވަނީ 2020 ގެ ނިޔަލަށް ޓޫރިޒަމްގެ ދާއިރާގައި އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް އަމާޒު ހިފައިފަ އެވެ.

އެ ޖަމްއިއްޔާ އިން ވަނީ ގެސްޓުހައުސް ހިންގާ ރަށްރަށުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ވެސް މަސައްކަތް ފަށައިފަ އެވެ.