ކޮރެއާ ސަރުކާރުން ކުރިއަށް ގެންދާ "އެންހޭންސް އެނާޖީ އެފިޝިއަންސީ އެންޑް ޕްރޮމޯޓް ރިނިއުއަބަލް އެނާޖީ އިން ދަ އޭޝިއާ ޕެސިފިކް ރީޖަން" މަޝްރޫއުގެ ދަށުން ކޮރެއާ ބެޓެރީ އިންޑަސްޓްރީ އެސޯސިއޭޝަނުން ބޭއްވި ކޮންފަރެންސް ނިންމާލައިފި އެވެ.

"ނިއު އެނަޖީ އިންޑަސްޓްރީ ކޮންފަރެންސް އެންޑް ޓެކްނިކަލް ޓުއާ އޮފް މަލަހިނި ކުޑަ ބަނޑޮސް ރިސޯޓް"ގެ ނަމުގައި އެ ކޮންފަރެންސް އިއްޔެ ބާއްވާފައި ވަނީ މަލަހަނި ކުޑަބަޑޮހުގަ އެވެ.

މި ކޮންފަރެންސް އިފްތިތާހްކޮށްދެއްވީ މިނިސްޓަރު އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ނާޒުކު ގައުމެއްކަމަށާއި ތެލަށް ބަރޯސާވުން ހުއްޓާލަން ޖެހޭކަމަށެވެ.

"ރިސޯޓުތަކުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އިސްނަގަން ޖެހޭ. އެއީ މުހިއްމުކަމެއް،"

ކޮންފަރެންސްގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ---

އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނީ އެ ކޮންފަރެންސްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއިން ލިބެންހުރި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހަރަދުކުޑަކޮށް ކަރަންޓު އުފެއްދޭނެ ގޮތްތައް ތައާރަފްކުރުން ކަމަށެވެ.

މި ކޮންފަރެންސްގައި ވަނީ މަލަހިނި ކުޑަ ބަޑޮސް ރިސޯޓުގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމާ ގުޅޭގޮތުން މައުލޫމާތު ދީފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ސްޓެލްކޯ އަދި ކޮރެއާ ބެޓެރީ އާރު އެންޑް ޑީ އެސޯސިއޭޝަނާ ގުޅިގެން ބޭއްވި އެ ކޮންފަރެންސްގައި އެނާޖީ ސްޓޯރޭޖާއި ގުޅޭ ޒަމާނީ ޓެކްނޮލޮޖީއާ ގުޅޭ މައުލޫމާތު ވެސް ވަނީ ކޮރެއާގެ ކުންފުނިތަކުން ހިއްސާކޮށްފައެވެ.