05 Dec 2018, 14:06
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓޯ ލީޑަރަކީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރައްވައިފި އެވެ.
މިއަދުގެ މަޖިލީސް ޖަލްސާ ނިންމަވާލައްވަމުން މަޖިލީޙުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރައްވާ ގޮތަށް ބަދަލު އައިސްފައިވާ ކަމަށެވެ.
މެޖޯރިޓީ ލީޑަރަކީ އަދި ވެސް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކަމަށާއި މައިނޯރިޓީ ލީޑަރަކީ ޖޭޕީގެ ޕީޖީ ލީޑަރު، ކިނބިދޫދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކަމަށް ރިޔާސަތުން އިއުލާނު ކުރެއްވި އެވެ.
ޕީޕީއެމްގެ 30 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު ޖޭޕީގެ 22 މެންބަރުން އެބަތިއްބެވި އެވެ. އެމްޑީޕީގެ 17 މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ އާ މައިނޯރިޓީ ލީޑަރަށް މަރުހަބާ ވިދާޅުވެ، ކުރީގެ މައިނޯރިޓީ ލީޑަރަށް ރިޔާސަތުން ވަނީ ޝުކުރުކުރައްވައިފަ އެވެ.