05 Dec 2018, 13:49
މިއަދުގެ ހެނދުނު ދިހަޔަކުން މެންދުރު އެކަކަށް މާލެއަށް 44 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުން ބުނެފި އެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ.
ދެ ގަޑިއިރު ތެރޭ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހެމުންދާ އިރު ބައެއް މަގުތަކުގައި ހިނގާ އުޅުމަށާއި ދުއްވާއެއްޗެހި ދުއްވުމަށް ދަތިވާވަރަށް ވަނީ ފެންބޮޑުވެފަ އެވެ.

ބޯކޮށް ވާރޭވެހި މާލޭ މަގުމަތީ ފެންބޮޑުވެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ
ގުރުރުމާއެކު ބޯކޮށް ވާރޭވެ ވެހޭނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ޔެލޯ އެލާޓް ވެސް ނެެރެފަ އެވެ.
ALERT YELLOW
Advisory:
Torrential rain and thunderstorms.
Area: Kaafu and Alifu atoll
Period:05/1345 hrs - 05/1645 hrs.
ISSUED: 1335 hrs 05 Dec 2018.
-MetService-pic.twitter.com/EHi1cMAdXL— Maldives Meteorology (@MetMaldives)December 5, 2018
މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ވިއްސާރަ ކުރާނެ ކަމަށެވެ.
މިދިޔަ މަހު ވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

ބޯކޮށް ވާރޭވެހި މާލޭ މަގުމަތީ ފެންބޮޑުވެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ
މަގުތަކުގައި ފެންބޮޑުވާ މައްސަލާގައި ރައްޔިތުން ވަނީ އޭރުގެ ސަރުކާރަށް ފާޑުކިޔައިފަ އެވެ. އެކަމާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވީ ފެން ހިންދާ ނިޒާމަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.