04 Dec 2018, 19:33
މިނިސްޓަރުންގެ ނައިބު ފެންވަރުގައި ފަސް މަގާމަކަށް ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.
އެގޮތުން މިނިސްޓާ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ ނައިބުގެ މަގާމަށް ގ.ބަހާރީގެ، ޒުހުރުﷲ ސިޔާދާއި ގ. މަތިހުރާ މުޙައްމަދު އާޒިމް މިއަދު ވަނީ ހަމަޖައްސަވައިފައެވެ. އެމިނިސްޓްރީގެ ނައިބު މިނިސްޓަރުގެ މަގާމަށް ޏ. ފުވައްމުލަކު ދިގުވާނޑު ސަވާ، ހާލިސް ޝަރީފުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ.
މީގެ އިތުރުން މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަގާމަށް މ.ޔުނިކޯން، މުޙައްމަދު އަޒްމީލު މިއަދު ވަނީ ހަމަޖައްސަވައިފައެވެ.
މީގެއިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެޑްވައިޒަރުގެ މަގާމަށް ހ.ސުނާރު ހަދީޖާ ނަސީމް ވެސް ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި މިއަދު ހަމަޖައްސަވައިފައެވެ.