ތިން މިނިސްޓްރީ އަކަކަށް ސްޓޭޓު މިނިސްޓަރުން އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ފުވައްމުލަކު މާދަޑު، ވެށި، ޑރ. އަބްދުﷲ ރަޝީދު ހަސަން މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް ހއ. ދިއްދޫ ނައިލޯނުގޭ މުހައްމަދު ހާޝިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ.

ދެން މިއަދު ސްޓޭޓު މިނިސްޓަރަކު އައްޔަނު ކުރައްވާފައިވަނީ އެންވަޔަރަމެންޓު މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީ އަށް އައްޔަނު ކުރައްވާފައިވަނީ ސ. ހިތަދޫ ރަށްދެބައިގެ، ޑރ. އަބްދުﷲ ނަސީރެވެ.

މި ތިންބޭފުޅުން ސްޓޭޓު މިނިސްޓަރުކަމުގެ މަގާމަށް އައްޔަނު ކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ސަރުކާރުގައި ބަންޑާރަ ނައިބާއެކު 20 މިނިސްޓްރީ ހިމެނެއެވެ.