Back
Nov 24, 2025 SUN
SUN

ސަރުކާރުގެ 100 ދުވަހުގެ ވައުދު ފުއްދުމަށް އިންޑިއާ އިން އެހީ ހުށަހަޅައިފި

ސަރުކާރުގެ 100 ދުވަހުގެ ވައުދު ފުއްދުމަށް އިންޑިއާ އިން އެހީ ހުށަހަޅައިފި
Lead photo

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދު ފުއްދުމަށް އިންޑިއާ އިން އެހީތެތިވެދޭނެ ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަފީރު، އަކިލޭޝް މިޝްރާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިސް ރީޓީ މިޝްރާ، ރައީސް ސޯލިހުގެ އަރިއަހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވީ އިއްޔެ އެވެ.

ރައީސް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ
އާސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ކާމިޔާބުކަމާއެކީ ފުރިހަމަކޮށް ދިނުމުގައި، އިންޑިއާ އިން އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސަފީރު ދެެއްވި ކަމަށެވެ.
އެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި އަކިލޭޝް މިޝްރާއާ ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ގޮތުން، ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާ އާއި ޓެކްނޮލޮޖީގެ ދާއިރާ އާއި ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނާއި ކުޅިވަރުގެ ދާއިރާ އާއި ގެދޮރު އިމާރާތްކުރުމާއި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ ދާއިރާގެ އިތުރުން ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics