04 Dec 2018, 08:52
ބަންޑުންޖަހާލާފައިވާ ބާޖެއް، އޮޔާދާތީ ސަމާލުވުމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެނޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފް އިން ރޭ ބުނީ ހދ. ނައިވާދޫގެ ހުޅަނގު އުތުރުން ބާޖެއް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށްއެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
"އެހެން ކަމުން ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަން، އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ހާއްސަ ސަމާލުކަމެއްދެއްވުމަށް ވެސް ދަންނަވަން،" އެމްއެންޑީއެފް އިން ބުންޏެވެ.
ބަންޑުން ޖަހާލާފައިވާ މި ބާޖަކީ ދިގުމިނުގައި 73 މީޓަރު، ފުޅާމިނުގައި 21 މީޓަރު ހުރި ދަގަނޑު ބާޖެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމަތުދެއެވެ.