އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ 24 މެމްބަރުނަށް ޕްރައިމަރީ އަކާ ނުލައި އެ ޕާޓީގެ ޓިކެޓު ދީފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރުންނަށް ޓިކެޓް ދީފައިވާކަން އިއުލާންކުރެއްވީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ތާއީދު އޮތީ އެ މެމްބަރުންނަށް ކަމަށާއި އެ މެމްބަރުނަށް އެމަނިކުފާނުގެ ތާއީދު އޮތަކަމަށް ބުނެ ލިޔުމެއްވެސް މިއަދު މެމްބަރުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ، މިރޭ ޓިކެޓް ދެއްވި މެމްބަރުންގެ އިތުރުން އިތުރު ބައެއް ބޭފުޅުނަންށް ވެސް ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ދާއިރާތައް ވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ބައެއް ދާއިރާތަކުން ޓިކެޓް ދޭނީ ޕްރައިމަރީއެއް ބޭއްވުމަށްފަހު ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

މިރޭ ޓިކެޓް ދިން މެންބަރުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ އިއުލާން ކުރައްވާފައެވެ.

ޕްރައިމަރީ އަކާ ނުލާ ޕީޕީއެމް އިން ޓިކެޓް ދެއްވި، މުންދު އިއުލާން ކުރެއްވި މެމްބަރުން:

1. ކެލާ ދައިރާ މެމްބަރު އަލީ އާރިފް

2. ހޯރަފުށީ ދައީރާގެ މެމްބަރު މުހައްމަދު އިސްމާއިލު

3. ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ސުޖާއު

4. ފުނަދޫ ދައިރާ މެމްބަރު އަލީ ސަލީމް

5. މިލަންދޫ ދައީރާ މެމްބަރު މުހައްމަދު މުފީދު

6. ވެލިދޫ ދާއިރާ މެމްބަރު ޔާމިން ރަޝީދު

7. އިނގުރާދޫ ދާއިރާ މެމްބަރު އިބްރާޙިމް ފަލާހް

8. ދުވާފަރުު ދާއިރާ މެމްބަރު މުހައްމަދު އަލީ

9. އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް

10. ނާއިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް

11. ގުރައިދޫ ދާއިރާ މެމްބަރު އިބްރާހިމް ރިޒާ

12. މަހިބަނދޫ ދާއިރާ މެމްބަރު އަހްމަދު ތޯރިގް

13. ނިލަންދޫ ދާއިރާ މެމްބަރު ޑރ. އަބްދުﷲ ހަލީލް

14. ފޮނަދޫ ދާއިރާ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ

15. ގެމަނަފުށީ ދާއިރާ މެމްބަރު ޖަމީލް އުސްމާން

16. ގައްދޫ ދާއިރާ މެމްބަރު އަހްމަދު ރަޝީދު

17. މަޑަވެލި ދާއިރާ މެމްބަރު މުއާޒް މުހައްމަދު ރަޝީދު

18. ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު (ތިނަދޫ ދެކުނު ދާއިރާ)

19. ފުވަށްމުލަކު ދެކުނު ދާއިރާ މެމްބަރު އަބްދުﷲ މަސީހް މުހައްމަދު

20. ހުޅުދޫ ދާއިރާ މެމްބަރު މުހައްމަދު ޝާހިދު

21. ފޭދޫ ދާއިރާ މެމްބަރު އިބްރާޙިމް ދީދީ

22. މާފަންނު ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ރިފާއު

23. މާފަންނު މެދު ދާއިރާ މެމްބަރު އަސްމާ ރަޝީދު

24. ދާންދޫ ދާއިރާ މެމްބަރު އަހްމަދު އައްސަދު (ގަލޮޅު ދެކުނު ދާއިރާ)

ޓިކެޓް ދިނުމަށް ނިންމި 24 މެމްބަރުންގެ ތެރެއިން ދެ މެމްބަރެއް ފިޔަވާ ހުރިހާ މެމްބަރުން އަންނަ މާޗު މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަނީ މިހާރު ވެސް އެ މެމްބަރުން އިންތިހާބު ވެފައިވާ ދާއިރާ ތަކަށެވެ.

ވިލިމާލޭ ދާއިރާ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވާދަ ކުރައްވަނީ ތިނަދޫ ދެކުނު ދާއިރާ އަށެވެ. އަދި ދާންދޫ ދާއިރާ މެމްބަރު ވާދަ ކުރައްވަނީ ގަލޮޅު ދެކުނު ދާއިރާއަށެވެ.